ޅ. ދިއްފުށިމާދޫ ސަރަހައްދަށް ލަންކާގެ މަސްބޯޓަކަށް ވަދެވިގެން އުޅޭ މައްސަލައެއްްގައި ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ މަސްބޯޓަކީ ސްރީލަންކާގެ ބޯޓެއް ކަމަށާއި އެ ބޯޓުގައި ތިބީ ފަސް މީހުން ކަމަށެވެ. އަދި ގޯސްޓްގާޑުން ބޯޓްގެ ފަލްކާތައް ޗެކްކުރި އިރު އެ ބޯޓުގައި މަސް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރޭ ދަންވަރު 1:30 އެހާކަންހާއިރު ކޯސްޓްގާޑުން އެ ސަރަހައްދަށް ދިޔައީ ޅ. ދިއްފުށީ އިރުމަތި ފަރާތު ފަރަށް ބޯޓެއް ލައްވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށާއި އެ ބޯޓަށް އެހެން ދިމާވީ ބެޓްރީ ސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު ސްޓާޓްނުވެގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓްގައި ނަގިއްޔެއް ނެތުމުން ޅ. މަޑިވަރުން ނަގިއްޔެއް ގެންގޮސް އެ ސަރަހައްދުގެ ތިލަ ހިސާބެއްގައި ބޯޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.