އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ އިން އެއް އަހަރު ފުރޭ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އޭސް ހާޑްވެއާ އިން ބުނީ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުން ގަންނަ ކޮންމެ އެއްޗަކަށް 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި ބުނީ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ އޭސް ހާޑްވެއާ އިން ވިޔަފާރިކުރާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބާބަކިއުއެއް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އޭސް ހާޑްވެއަކީ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމެރިކާގެ ޝިކާކާގޯގެ އޭސް އިންޓަނޭޝަނަލްއާ ގުޅިގެން ޕާޓްނާޝިޕެއްގެ ދަށުން ހިންގާ ހާޑްވެއާއެކެވެ. އަދި އެހާޑްވެއާއަކީ ގެދޮރު އިމާރާތްކޮށް މަރާމާތްކުރުމަށާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަފާތް ވައްތަރުތަކުގެ މުދާ ވިއްކާ ފިހާރައެކެވެ.