Last Updated: 1 decade 3 year ago
އެމީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު އިރުއޮއްސި 6:38 އެހާކަންހާއިރު އެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ އެ ސަރަހައްދު ކުނިވަހުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި ކަމަށެވެ. ފުލުހުން އަންނަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ އިރު އޮއްސި 6:38 އެހާކަންހާއިރު، ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. މިޒަމާންގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ސްރީލަންކާގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ފަހުން މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާ ފެނުނު އިރު ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި އެމީހާ މަރުވެ ކުނިވެފައި އޮތް ތަނުން ވަސް ދުވާތީ އެގޭގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެހެން ތަން ތަނަށް ބަދަލު ވެފަ އެވެ. ވަސް މަޑު ކުރެވޭތޯ ފުލުހުން އެގޭތެރޭގައި ވަނީ ކުމުންޒާނިން ދުންވެސް އަޅާފަ އެވެ.
މަރުވެ ކުނިވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީ އަށް ލައިފަ އެވެ.