13 Dec 2012, 21:26
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އިން ފައިނޭންސް ދާއިރާގައި އުޅޭފަރާތްތަކަށް ހާއްސަކޮށްގެން މިއަދު ޓްރޭޑާސް ހޮޓަލުގައި ސެމިނާއެއް ބާއްވައިފި އެވެ.
ސީއެމްޑީއޭ އިން ބުނީ "ޑޯން އޮފް ދަ ސުކޫކް މާކެޓް އިން ދަ މޯލްޑިވުސް"ގެ ނަމުގައި އެއް ދުވަހުގެ ނިޔަލަށް މިއަދު ކުރިއަށްގެންދިޔަ އެފޯރަމް އަކީ ރާއްޖޭގެ ފެއިނޭންސް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ޕާކިސްތާން އަދި ތުރުކީގެ ކަމާގުޅޭ ފަރާތަކުން އެ ގައުމުތަކުގެ ސުކޫކް މާކެޓާއި އަދި ސުކޫކާ ބެހޭ ތަޖުރިބާ ހިއްސާކުރުމަށް ބޭއްވި ސެމިނާއެއް ކަމަށެވެ. އަދި ބުނީ އެ ސެމިނާގައި ރާއްޖޭގައި ސުކޫކު މާކެޓް ތަރައްގީކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ސީއެމްޑީއޭ އިން ބުނީ އެ ސެމިނާގައި މައުލޫމާތު ދެއްވާފައި ވަނީ ސެކިއުރިޓީ އެކްސްޗޭންޖް ކޮމިޝަން އޮފް ޕާކިސްތާނުގެ ކުރީގެ ޗެއާމަން ހަލީލް މަސްއޫދާއި ކެޕިޓަލް މާކެޓް ބޯޑް އޮފް ތުރުކީގެ ފަރާތުން ރާއްޖެވަޑައިގެން އުޅުއްވާ ފަރާތްތަކުންނާއި ސެކިއުރިޓީ އެކްސްޗޭންޖް ކޮމިޝަން އޮފް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ކަމަށެވެ.