13 Dec 2012, 12:36
އެމްޑީޕީގެ ވައުދުގެ ދަތުރުގެ ނަމުގައި އެންމެ އުތުރުގެ ތިން އަތޮޅަށް ކުރި ދަތުރު ނިންމާލުމަށް ފަހު އެ ދަތުރުގެ ބައިވެރިން ރޭ މާލެ އަތުވެއްޖެ އެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން މާލެ އައުމުން އެ ޕާޓީ އަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ޓީ-ޖެޓީ ސަރަހައްދަށް އެއްވެ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔައިފަ އެވެ.
އެމްޑީޕީން މިދިޔަ ނޮވެންބަރު މަހުގެ 21ގައި ފެށި ދަތުރަކީ އެމްޑީޕީން އެ ޕާޓީގެ މެމްބަރުންނަށްވި ވައުދުތައް ހާސިލްކުރެވުނު މިންވަރު ދެނެގަތުމަށާއި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރި ދަތުރެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށަކަށް ޒިޔާރަތްކޮށްފަ އެވެ. އެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑާ ޝިޕްގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި އަދި އާންމު ހިމެނެ އެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރު ނިންމާލީ ހދ. ކުޅުދުއްފުށީގައި އިއްޔެ ރޭ ބޭއްވި ޖަލްސާއަކަށް ފަހު އެވެ.