ހެލްތު ޑޮކްޓަރު އަޙްމަދު ޖަމްޝީދު މުޙަންމަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީ ހިންގެވުން، ފޮރިން އެފެއާޒް މިނިސްޓަރު ޑޮކްޓަރު ޢަބްދުއްޞަމަދު ޢަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.