12 Dec 2012, 18:19
މަސްވެރިންގެ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށާއި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެ އަތޮޅު ވިލިނގިލީގައި މިއަދާއި މިރޭ ބާއްވަވާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހާއްސަ ހަފްލާ އޮންނާނީ މިރޭ 8:30ގައި ވިލިނގިލީ ބޯޅަދަނޑުގަ އެވެ. މި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.