11 Dec 2012, 17:07
ރ. މަޑުއްވަރީގައި އަންހެން ކުއްޖެއްގެ ލޮލަށް އަލްޓެކޯ ތެރަސް އެޅި މައްސަލައާ ގުޅިގެން އެ އަތޮޅު އަލިފުށިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހު އެ ރަށުން ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ސީދާ އަލިފުށީ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ މަގުމަތިން ދަނިކޮށް ބަޔަކު އެ ކުއްޖާއާ ދިމާކޮށް އަނދިރި ހިސާބަކަށް ގެންގޮސް އަންހެން ކުއްޖާގެ ލޮލަށް އަލްޓިކޯ އެޅި މައްސަލައިގައި ވަނީ މީގެ ކުރިން އުމުރުން 20 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
އަންހެން ކުއްޖާގެ ލޮލަށް އަލްޓިކޯ ތެރަސް އެޅުމާ ގުޅިގެން މާލެ ގެނެސް ކުއްޖާގެ އެސްފިޔަތައް ވަނީ ކޮށައިލައިފަ އެވެ.