11 Dec 2012, 12:03
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ހަރިކޭން ބާސްކެޓްބޯޅަ ކުލަބުގެ މައްޗަށް ރެޑް ލައިން ކުލަބު ކާމިޔާބު ހޯދައިފި އެވެ.
ފަސްދޮޅަސް ފަސް ޕޮއިންޓު 89 ޕޮއިންޓުން ރެޑް ލައިން މޮޅުވި މި މެޗުގައި އެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދާދިނީ އަޑެބަޔޯ އަލަބާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ 25 ޕޮއިންޓު ހޯދަދިން އަޑެބަޔޯ އަށެވެ.
މެ މެޗުގައި ހަރިކޭން ބާސްކެޓްބޯޅަ ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދާދިނީ 22 ޕޮއިންޓު ހޯދައިދިން އަހްމަދު އިފްސާހު އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުރިއަށް އޮތް މެޗުގައި ވާދަ ކުރާނީ ކުލަބު އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބެވެ. ޒުވާނުންގެ މަރުކަޒުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު ނުވައެއް ޖަހާ އިރު އެވެ.