އިންޑޮނޭޝިޔާ ސަރަހައްދަށް 7.1 މެގްނިޓިއުޑުގެ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރާ ގޮތުގައި މި ބިންހެލުމުގެ އެޕިސެންޓަރވަނީ އިންޑޮނޭޝިޔާގެ ސައުމްލާކީ ޝަހަރުގެ ހުޅަނގުއުތުރުން 147 މޭލު ދުރުގައެވެ. އަދި މި ބިންހެލުން އައިސްފައިވަނީ 96 މޭލު އަޑީ ހިސާބަކަށް ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އިންޑިޔާ ކަނޑުގައި ސުނާމީއެއް އުފެދޭ ވަރަށް ވުރެ މާ އަޑީ ހިސާބަކަށް ކަމުން އަދި މިވަގުތު ސުނާމީއެއްގެ ނުރައްކާތެރިކަމެއް ނެތެވެ.

ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑީން ހޯމަ ދުވަހުގެ ރޭ (މިރޭ) 21:53 ހާ އިރުއެވެ.