ގއ. މާމެންދޫ ގެއަކުން ވަގަށްނަގާފައިވާ އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދައި ތުޙުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރާއި 42 އަހަރުގެ އިތުރުން 32 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ ފައިސާ ގެއްލިފައި ވަނީ ގއ. މާމެންދޫ މޫރިތިވިލާ ގެއިން ކަމަށާއި އެ ގެއިން ގެއްލުނު ފައިސާގެ ތެރެއިން 115،000 ރުފިޔާ ފުލުހުން ހޯދާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ ފައިސާ ފޮރުވާފައި ހުރީ ގއ. މާމެންދޫ ފަޅު ގޯއްޗެއްގެ ގޯތިތެރޭގައި ބިސްކޯދު ހުސްކުރި ފޮށްޓަކަށް ލައި ފޮރުވާފައި ވަނިކޮށް ކަމަށެވެ. އެ ފައިސާތައް މިހާރު ވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.