10 Dec 2012, 17:56
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުލަބު އީގަލްސްއާ ވާދަކޮށް 68 ޕޮއިންޓު 90 ޕޮއިންޓުން މެޗު ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ.
ރޭގެ މެޗުގައި ޕޮލިސްކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދާދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނާއިފު އެވެ. އޭނާ ވަނީ 27 ޕޮއިންޓު ހޯދައިފަ އެވެ. ކުލަބު އީގަލްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 29 ޕޮއިންޓު ހޯދި ނިކޮލާ ކޫގާ އެވެ.
ގައުމީ ބާސްކެޓް ލީގުގެ މެޗެއް މިރޭ ވެސް ޒުވާނުންގެ މަރުކަޒުގައި އޮންނާނެ އެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ ހަރިކޭން ބާސްކެޓްބޯލް ކުލަބާއި ރެޑް ލައިން ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖާހާ އިރު އެވެ.