ތުރުކީގެ އިޒްމިއާގައި ކުރިއަށްގެންދިޔަ ޓުރެވަލް ތުރުކީ އިޒްމިއާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މިމަހު ހަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތުރުކީގެ އިޒްމިއާގައި ކުރިއަށްގެންދިޔަ އެފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 24 ކުންފުންޏެއް ބައިވެރިވެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ތުރުކީގައި ބާއްވާ މަތީ ފެންވަރުގެ ޓުރެވަލް އެ ފެއާގައި ތުރުކީގެ ޓޫރިޒަމާ ގުޅުން ހުރި ފަރާތްތަކާއި ޓުރެވަލް އޮޕަރޭޓަރުން ބައިވެރިވި އިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތުރުކީގެ ޓޫރިޒަމާ ގުޅުން ހުރި އެކިފަރާތްތަކާ މެދު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

ތުރީގައި ބޭއްވި ފެއާއެއްގައި ރާއްޖެ އިން ބައިވެރިވެފައިވާ އިރު ތުރިކީ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް މިހާރު ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން މިއަހަރުގެ އޮކްޓުބަރު މަހުގެ ނިޔަލަށް ތުރުކީ އިން ރާއްޖެ އަށް 4142 ޓޫރިސްޓުން އައިސްފައިވާ އިރު އެއަދަކީ މިދިޔަ އަހަރު އެ މުއްދަތަށް ވުރެ 15.8 ޕަސެންޓް މަތީ އަދަދެކެވެ.