09 Dec 2012, 10:56
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 75 ޕެކެޓާ އެކު 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ކުއްޖާ ފުލުހުން ހައްޔަރު ކުރީ ބޮޑުތަކުރުފާނުމަގުން މެރީ ބްރައުން ކުރިމަތީގައި އޮތް ގާޑިއަލެއް ކައިރީގައި ރޭ އިރާކޮޅު މަސްތުވާތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ ކުއްޖާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށާއި ހައްޔަރުކޮށް ބަލައި ފާސްކުރަން އުޅުމުން އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓް ބިންމައްޗަށް އެއްލާލި ކަމަށެވެ.
މާލެ ތެރޭ ހިނގާ ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުދިން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.