23 Sep 2010, 11:14
މިހާތަނަށް މައްސަލަ ބަލައި ނިމިފައި ހުރި، 60 ކޭސް ބަނގުރާ ފުލުހުން މިއަދު ނައްތާލައިފި އެވެ.
ދޫނިދޫ އަށް ގެންގޮސް މީޑިޔާގެ ކުރިމަތީގައި، މި 702 ފުޅި ރާ ނައްތާލާފައި ވަނީ، ވަޅުގަނޑެއްކޮނެ އެވަޅުގަނޑަށް ރާފުޅިތައް އަޅާލައި، ފުޅުތައް ތަޅާލައި ވަޅުލުމަށް ފަހު ފުޅިތައް ބަންދުކޮށްފައި ހުރި ކޭސްތައް އަންދާލައިގެންނެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގެ ގަވާއިދުގެ ދަށުން މިއީ ބަނގުރާ ނައްތާލި ފުރަތަމަ ފަހަރުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މައްސަލަ ނިމޭ ވަރަކުން މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.