08 Dec 2012, 13:25
މިހާރު ކުރިއަށްދާ އަށް ވަނަ ގައުމީ ބާސްކެޓް ބޯޅަ ލީގުގެ ހަ ވަނަ މެޗުގައި ތަފާތު ބޮޑުކޮށް ޕޮލިސް ކުލަބުގެ މައްޗަށް ރެޑްލައިން ކުލަބް (އާރުއެލްސީ) ކުރިހޯދި އިރު ރޭ ކުޅުނު ފޯރިގަދަ މެޗުގައި ހަރިކޭން ބަލިކޮށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ވަނީ ލީގުގައި އެ ޓީމު މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މޮޅު ހޯދައިފަ އެވެ.
ޕޮލިސް ކުލަބާ ވާދަކޮށް އާރުއެލްސީ މެޗު ކާމިޔާބު ކުރީ 101 ޕޮއިންޓު 80 ޕޮއިންޓުންްނެވެ. އާރުސީއެލް އަށް އެންމެ ގިނަ ޕޮއިންޓު ނަގައި ދިނީ 21 ޕޮއިންޓު ހޯދައިދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އަޑެބަޔޯ އަލަބާ އެވެ. ޕޮލިސް ކުލަަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެކުލަބަށް 24 ޕޮއިންޓު ނަގައިދިން މުހައްމަދު ޒިލާލު އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ހަރިކޭން ބާސްކެޓް ބޯޅަ ކުލަބުގެ މައްޗަށް ޑީއެސްސީ ކާމިޔާބު ހޯދީ 88 ޕޮއިންޓު 80 ޕޮއިންޓުންނެވެ.
އެ މެޗުގައި ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓު ނަގައި ދިނީ 38 ޕޮއިންޓު ހޯދައިދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަމްސިނޯ ލެޓިނޮވިޗް އެވެ. ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 20 ޕޮއިންޓް ހޯދައި ދިން އަހްމަދު އަލީ މުސްޠަފާ އެވެ.
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ވާދަ ކުރާނީ ޓީ-ރެކްސް އާއި ރެޑްލައިން ކުލަބެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު ގައި ކުޅެން ހަމަޖެހިފައިވާ މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާ އިރު އެވެ.