08 Dec 2012, 12:34
ސްނޯކްލިއަން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ އަންހެން މީހާ އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ބަނޑޮސް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ޗައިނާގެ އަންހެން މީހާ އަދި ވެސް ނުފެންނަ ކަމަށާއި ފާހަގަކުރެވޭ ހިސާބުތައް ޑައިވަރުން އަދި ވެސް ބަލަމުން އަންނަ ކަމަށެވެ.
ގެއްލުނީ ކޮން އުމުރުއްގެ އަންހެން މީހެއް ކަމެއް ސާފެއް ނުވެ އެވެ.
ބަނޑޮސް ކައިރިން ދަތުރުކުރާ އުޅަނދު ފަހަރަށް އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަނޑޮސްކައިރިން ފަތުރުވެރިއެއް ގެއްލުނު އިރު މިދިޔަ ހަފްތާތެރޭ ހުޅުމާލޭ އެކްސްޕްރެސް ލޯންޗާއި ބަނޑޮސްލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަނޑޮސް ލޯންޗްގައި ހުރި ޓޫރިސްޓަކު ވަނީ މަރު ވެފަ އެވެ.