08 Dec 2012, 11:28
ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ފުރަތަމަ މެޗު ވިކްޓަރީ ސްޕޯޓްސް ކުލަބާ ވާދަކޮށް 50 ޕޮއިންޓް 44 ޕޮއިންޓުން ގޫޑިސް ސްޕޯޓްސް މެޗު ކާމިޔާބުކޮށްފި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޫޑީސް އަށް އެންމެ ގިނަ ޕޮއިންޓް (22 ޕޮއިްންޓު) ހޯދައި ދިން ފާތިމަތު ރިޝްމާ އެވެ. އަދި ވިކްޓަރީ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 15 ޕޮއިންޓު ހޯދައި ދިން ނަޝްފާ އާމިރު އެވެ.
ތިން ޓީމު ވާދަ ކުރާ 32 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެ ޑިވިޒަންގައި މިއަދު ހަވީރު 16:15ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގޫޑީސް އާއި ޓީ-ރެކްސް އެވެ. މެޗު ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ ކޯޓުގަ އެވެ.