"ގަންނާނެއްބާ ސަރުކާރުގެ" ނަމުގައި ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހުމަދު އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މުޒާހަރާ މޫސުން ތަންނުދިނުމުގެ ސަބަބުން ހަތަރު ވަނަ ފަހަރަށް ފަސްކޮށްފި އެވެ.


އުމަރު ނަސީރާއި އިލްހާމް އަހުމަދު ސޮއިކުރައްވައި ޑީއާރުޕީގެ ލެޓަހެޑްގައި ނެރެފައިވާ ނޫސް ބަޔާނެގައި ބުނެފައި ވަނީ ސަރުކަރުން ދައުލަތުގެ ހަރުމުދާތައް ހިތުހުރި ގޮތަކަށް ވިއްކަމުން ގެންދާތީ "ގަންނާނެއްބާ ސަރުކާރުގެ" ޝިއާރުގެ ދަށުން ޑީއާރުޕީގެ ފަރާތުން ބާއްވަން ހަމަޖައްސާފައިވާ އެއްވުން މޫސުން ތަން ނުދިނުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކުރީ ކަމަށެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީން ބާއްވަން ނިންމަފައިވާ މި މުޒާހަރާއާ ގުޅިގެން އެ ޕާޓީ ތެރޭ ވަނީ ޕާޓީގެ ސީނިއާ ލީޑަޝިޕްގެ ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާތަކެއް އުފެދިފަ އެވެ.


މިއީ މޫސުން ތަންނުދިނުމުގެ ސަބަބުން މި މުޒާހަރާ ފަސްކުރާ ތިން ވަނަ ފަހަރެވެ.