08 Dec 2012, 11:19
ތިން ހާސް މެންބަރުން ހަމަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
އެމްޑީއޭގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިލެކްޝަނުން ހުއްދަ ދިނުމާ ގުޅިގެން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޓްރޭޑާސް ހޮޓެލްގައި ޖަލްސާ ބާއްވަން ތައްޔާރުވަމުން އަންނަ އިރު މިދިޔަ ބުރާސްފަތި ދުވަހުގެ 12:00އާ ހަމަ އަށް އެ ޕާޓީގެ ސައްޚަ މެންބަރުންގެ އަދަދު ހަމަވެފައިވާ ކަމަށެވެ.
އެމްޑީއޭއަކީ ރާއްޖޭގައި އުފައްދާ 16 ވަނަ ސިޔާސީ ޕާޓީ އެވެ.