މިއަދުގެ ހަވީރުގެ ވަގުތެއްގައި ކާނިވާ ސަރަހައްދުގައި މަރާމާރީ ހިންގާ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލަޑި ޒަހަމްކޮށްލީ 22 އަހަރުގެ ޒުވާނަކަށް ކަމަށާއި އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާހެ ހާލު ސީރިއަސް ނޫންކަމަށްވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން އާންމެއްނުކުރެ އެވެ. އަދި ހޮސްޕިޓަލުންވެސް އެ މައުލޫމާތުތައް ސާފުވާގޮތެއްނުވި އެވެ.

މާލޭގައި މާރާމާރީތައް ހިންގުން މިފަހަކަށް އައިސް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އޮކްޓޯމްބަރު މަހުގެ ތެެރޭގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ ވަނީ އަވަހާރަކޮށްލައިފަ އެވެ.