އިއްޔެ ހަވީރު ބަނޑޮސް ކައިރިއަށް ސްނޯކްލިން އަށް ގޮސްއުޅުނު ޓޫރިސްޓަކު ނުފެނިގެން ހޯދަންފަށައިފި އެވެ.

އެމްއެންއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި މެރިން ޕޮލިސް އިއްޔެއިން ފެށިގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހާއާ ބެހޭ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ޗައިނާގެ އަންހެން ފަތުރުވެރި އެކެވެ.

ބަނޑޮސް ކައިރިން ދަތުރުކުރާ އުޅަނދު ފަހަރަށް މި މީހާ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، އެމްއެންޑީއެފް ކޯސްޓްގާޑް ގެ ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ބަނޑޮސްކައިރިން ފަތުރުވެރިއެއް ގެއްލުނު އިރު މިދިޔަ ހަފްތާތެރޭ ހުޅުމާލޭ އެކްސްޕްރެސް ލޯންޗާއި ބަނޑޮސްލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަނޑޮސް ލޯންޗްގައި ހުރި ޓޫރިސްޓަކު ވަނީ މަރުވެސްވެފަ އެވެ.