ޒަހަމްތަކަކަ އެކު މިއަދު ހެނދުނު މާލޭ މަގުމަތިން ފެނުނު ނުކުޅެދޭ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ސަން އޮންލައިންއަށް މުއުތަބަރުގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 34 އަހަރުގެ އެ މީހާ ޒަހަމްތަކަަކާ އެކު ފެނިފައިވަނީ މަގުމަތީގައި ހުއްޓާ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ފުލުހުންނަށެވެ. އަދި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފުލުހުންނެވެ.

އައިޖީއެމްއެޗްގައި އެ މީހާއަށް މިހާރުވެސް ފަރުވާދެމުން އަންނަ އިރު ސަން އޮންލައިންއަށް މުއުތަބަރު ގޮތަކަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗެއް ހަރާލުމުން ޒަހަމްވެފައިވަނީ ކަރުދަށާއި އަތެވެ. ކަރުދަށުގެ ހަތަރުތަނެއް ޒަހަމްވެފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލްގައި އޮވެ ރޮމުން، އާއިލާގެ ބައެއް މީހުންނަށް ގުޅޭތޯ މަސައްކަތްކުރި އެވެ.

ނަމަވެސް އެ މީޙާ ވަނީ ޒަހަމްކޮށްލާފައި ކަމެއް އަދި ވަނީ ސާފުވާގޮތްނުވެފަ އެވެ. އެ މައްސަލައިގައި ފުލުހުންވެސް އަދި އައިޖީއެމްއެޗްއިންވެސް އަދި އެއްވެސް މައުލޫމާތެއް ދީފައެއްނުވެ އެވެ.