މިހާރު ކުރިއަށްދާ އަށް ވަނަ ގައުމީ ބާސްކެޓުބޯޅަ ލީގުގައި ރޭ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 87 ޕޮއިންޓު 111 ޕޮއިންޓުން ޓީ-ރެކްސް ބާސްކެޓްބޯޅަ ޓީމް މެޗް ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު މެޗްގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 26 ޕޮއިންޓު ހޯދައި ދިން އެކަސޮމީ ކްރިސްޓޮފާ އެވެ. އަދި ދިވެހި ސިފައިންގެ ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެކުލަބަށް 23 ޕޮއިންޓު ހޯދައިދިން މުހައްމަދު މަހުދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީ-ރެކްސް އަށް 12 ޕޮއިންޓު ސްކޯ ކޮށްދިން އަދި ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްދިން އިލްޔާސް އިބްރާހީމް އެވެ.

ރޭގެ މޮޅާ އެކު ޓީ-ރެކްސް މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެފައި ވާއިރު ދިވެހި ސިފައިންގެ ކުލަބު ކުޅުނު ދެމެޗުން ވެސް ވަނީ ބަލި ވެފަ އެވެ.

މި މުބާރާތުގެ ހަވަނަ މެޗުގައި ރެޑް ލައިން ކުލަބާ ދެކޮޅަށް މިރޭ ކުޅޭނީ ޕޮލިސް ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ނުވައެއް ޖަހާ އިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.