އަށްވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުލަބު އީގަލްސް އާއި ހަރިކޭން ބާސްކެޓްބޯލް ޓީމް ރޭ ކުޅުނު މެޗް 89 ޕޮއިންޓު 38 ޕޮއިންޓުން ހަރިކޭން މެޗް ކާމިޔާބު ކޮށްފި އެވެ.

ރޭގެ މެޗުގެ ހަތަރު ކުއާޓާ ގައި ވެސް ރަނގަޅަށް ސްކޯ ކޮށްފައި ވަނީ ހަރިކޭން އެވެ. ފުރަތަމަ ކުއާޓާ ނިމުނީ 18-9 އިން ނެވެ. އަދި ދެވަނަ ކުއާޓާ ނިމުނީ 25-11 އިން ނެވެ. ތިންވަނަ ކުއާޓާ 20-7 އިން ނިމުނު އިރު ހަތަރު ވަނަ ކުއާޓާ ނިމުނީ 27-11 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިން އޮބީ ކެނެއްޗޫ ސަންޑޭ އެވެ. އޭނާ 25 ޕޮއިންޓު ހޯދާ ދިނެވެ. ކުލަބް އީގަލްސް އަސް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 23 ޕޮއިންޓު ހޯދައި ދިން ނިކޮލާ ކޫގާ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއް މިރޭވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅޭނެ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު 9:00 ޖަހާއިރު އެވެ.