އާއިލާއަށް ފިލައިގެން ހަފްތާއަކަށްވުރެ ގިނަ ދުވަސްވަން ދެން އުޅުނު ދެ އަންހެން ކުދިން ހޯދުމަށް ފަހު، ފުލުހުން އެކުދިން އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އާއިލާ އިން ގެއްލިގެން ރިޕޯޓްކޮށްފައިވާ ދެ އަންހެން ކުދިންގެ ތެރެއިން ހ. ލާމިޔާ، ފާތިމަތު ނަޝާޔާ 14، ފެނިފައިވަނީ ރޭ ދަންވަރު ގާތްގަނޑަށް އެކެއް ޖަހާ އެހާކަންހާއިރު ގެސްޓް ހައުސް އެއްގެ ތެރޭގައި ހުއްޓާ ކަމަށާއި އާމިނަތު ނަޝާ ނާޝިދު 16 ފެނިފައި ވަނީ ހ. ލާމިޔާގެ ކައިރީގައި ހުއްޓާ ރޭ 12 ޖަހާއެހާކަންހާ އިރު ކަމަށެވެ.

އާއިލާއިން އެ ދެކުދިން ގެއްލިގެން ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން ވަނީ އިއްޔެއިން ފެށިގެން އެ ކުދިން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކުދިން އެގެއިން ފިލައިގެން ދިޔަ އެއްވެސް ސަަބަބެއް އަދި މިހާތަނަށް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މިފަހަކަށް އައިސް އާއިލާތަކަށް ފިލައިގެން އުޅޭ މިފަދަ ކުޑަކުދިންގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ.