ނޮވެމްބަރު 25 އިން ޑިސެމްބަރު 5 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށް ގެންދިޔަ 39 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ފަސް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ނިންމައި ވަނަވަނަ އަށް އައި ފަރާތްތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފި އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ މި އަހަރުގެ ފުރަތަމަ ޑިވިޒަން ފިރިހެން ޗެމްޕިއަން ކަން ހޯދީ މުޙައްމަދު ނަފްޝާން އެވެ. ރަނައަޕް އަކީ ޒަޔާން ޒަކީ އެވެ. މި ޑިވިޒަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޝާމިއު އާއި އިޝްފާން މުހައްމަދުގެ ޕެއާ އެވެ. ރަނައަޕް އަކީ މުހައްމަދު ނަފްޝާން އާއި ހަސަން އަފްޝީންގެ ޕެއާ އެވެ.
ފުރަތަމަ ޑިވިޒަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު އަފްނާން ރަޝީދު އެވެ. ރަނައަޕް އަކީ އާމިނަތު ޝަހުރުނާޒު އެވެ. މި ޑިވިޒަންގެ އަންހެން ޑަބަލްސް ޗެމްޕިއަނުން ނަކީ އައިޝަތު އަފްނާން ރަޝީދު އާއި އާމިނަތު ޝަހުރުނާޒު ގެ ޕެއާ އެވެ. ރަނައަޕް އަކީ ރާބިއާ ނައީމް އާއި އާމިނަތު ނަސީމާ އެވެ.

މި ޑިވިޒަންގެ މިކްސްޑް ޑަބަލްސް ޗެމްޕިއަން ކަން މުހައްމަދު އަޖްފާން ރަޝީދު އާއި އައިޝަތު އަފްނާން ރަޝިދު ހޯދި އިރު ރަނައަޕް ކަން ލިބުނީ ޒަޔާން ޒަކީ އާއި އާމިނަތު ޝަހުރުނާޒު އަށެވެ.

ގައުމީ މުބާރާތުގެ ސެކަންޑް ޑިވިޒަން ފިރިހެން ސިންގަލްސް ޗެމްޕިއަން އަކީ އާސިފު އާދަމް މަނިކު އެވެ. އަދި ރަނައަޕް އަކީ އިސްމާއީލް ޒުހުރީ އެވެ. މިޑިވިޒަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަން ކަން އާސިޕް އާދަމް މަނިކު އާއި އިބްރާހީމް ޝަރީފު ހޯދި އިރު ރަނައަޕް އަކީ އަހްމަދު ޝަރީފު އަލީ އާއި ހަސަން މުހައްމަދު އެވެ.

މިއަހަރުގެ ފަސްވަނަ އަތޮޅު ލީގު މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން އަކީ އަލީ ޝަރުމީލު އެވެ. ރަނައަޕް އަކީ ސައުދުﷲ އިބްރާހީމް އެވެ. އަދި ފިރިހެން ޑަބަލްސް ޗެމްޕިއަން ކަން ހޯދީ އަބްދުލް މަތީން އަހްމަދު އާއި ހުސައިން މުހައްމަދު އެވެ. ރަނައަޕްއަކީ އިބްރާހީމް ނަޝީދު އާއި އިބްރާހީމް މުހައްމަދު އެވެ.

އަތޮޅު ލީގުގެ އަންހެން ޑަބަލްސް ޗެމްޕިއަން ކަން ހޯދީ އާސިމާ މުހައްމަދު އާއި އައިޝަތު މުހައްމަދު އެވެ. އަދި ރަނައަޕްއަކީ ހައްވާ ރާމިޒާ އާއި ޝީޒާ ފަރުހާމް ރަޝީދު އެވެ. މި ލީގުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަން ކަން އަހްމަދު މުނީޒު އާއި ޝީޒާ ފަރުހާން ސައީދު ހޯދި އިރު ރަނައަޕް ކަން ލިބުނީ އިބްރާހީމް މުހައްމަދު އާއި ރަޝީދާ ހަލީލު އަށެވެ.

މި ދެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއޭސީ އެކްރެޑިޓް ފާސް ހޯދި ދެ އަމްޕަޔަރުންކަމަށްވާ އަލީ އަބްދުލްކަރީމް އަދި އަހުމަދު ޝިހާމް އަށް ބީއޭސީން ދެއްވާފައިވާ ސެޓްފިކެޓް ހަވާލުކުރުން ވެސް އޮތެވެ. މިއީ ދިވެހިރާއްޖެ އަމްޕަޔަރުން މިފާސް ހާސިލު ކުރި ފުރަތަމަ ފަހަރެވެ.