މަސީ ބިލްޑް އެކްސްޕޯގެ މިއަހަރުގެ މެއިން ސުޕޮންސަރަކަށް ހޮޓެލްސް އެންޑް ރިސޯޓުސް ކޮންސްޓުރަކްޝަން ޕްރައިވައިޓް ލިމިޓެޑް ހަމަޖައްސައިފި އެވެ. އެކުންފުއްޏަކީ މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަ ކުންފުއްޏެކެވެ.

މަސީން ބުނީ އަންނަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސްޕޯގެ މެއިން ސުޕޮންސާއަކަށް ހޮޓެލްސް އެންޑް ރިސޯޓުސް ކޮންސްޓުރަކްޝަން ހަމަޖެއްސިއިރު ކޯ ސުޕޮންސަރަކަށް ހަމަޖައްސާފައިވަނީ އެލިއާ ކޮންސްޓުރަކްޝަން އާއި އަމީން ބިލްޑްވެއާ ކަމަށެވެ.

އަދި ބުނީ އެފެއާގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ދިރާގު ކަމަށާއި އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވީމީޑިއާ ހަމަޖެއްސިއިރު ޕްރިންޓް ޕާޓްނާގެ ގޮތުގައި ދި ޕުްރިންޓް އަދި ފޮޓޯގްރަފީ ހަވާލުކުރީ އީމޭޖް ވޯކްސްއާ ކަމަށެވެ. އަދި ސައުން އެންޑް ލައިޓްސް ޕާޓްނާގެ ގޮތުގައި ހަބް ސައުންޑް އެންޑް ލައިޓްސް ހަމަޖައްސާފައިވާ ކަމަށެވެ.

ބިލްޑް އެކްސްޕޯ އިންތިޒާމްކުރާ ތިންކް އެޑްވަޓައިޒިންގް އިން ބުނީ މިފަހަރުގެ ފެއާގައި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން އިމާރާތްކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ މިހާތަނަށް 60 ޕަސެންޓް ސުޓޯލްތައް ވިކިފައިވާ ކަމަށާއި އަދި މިހާރުވެސް ސުޓޯލްތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.