ޓޫރިސްޓުންތަކަކާ އެކު ދަތުރުކުރި 70 ފޫޓްގެ ބޮޑު ސަފާރީއެއް އިއްޔެ ހަވީރު މ. އަތޮޅު ފަރަކަށް އަރައިފި އެވެ. ނަމަވެސް އަށް ޓޫރިސްޓުންނާއި ނުވަ ފަޅުވެރިންނާ އެކު ދަތުރު ކުރި "ހައިރާނާ" އެ އަތޮޅު މ. މުލީ ކައިރީގައި އޮންނަ "ވަށުގިރި" ފަރަށް، އަރާފައިވަނިކޮށް، ފުންކޮށްގެން ރޭގެ ދަންވަރުގެ ވަގުތެއްގައި ވަނީ އެ އަތޮޅު މުލަކަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


ސަފާރީ ފަރަށް އެރުމާ އެކު އޭގައި ތިބި ޓޫރިސްޓުން ވަނީ އިއްޔެ އިރުއޮއްސެނިކޮށް މުލަކަށް ގެންގޮސްފަ އެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.


އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި މ. އެވަޕިންކް އަޙުމަދު މޫސާގެ ސަފާރީ ފަރަށް އެރުމުގެ ސަބަބުން އޭގެ އިންޖީނު ރޫމާ ދިމާލުން ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ކަމަށާއި އަދި ސަފާރީ މުލަކަށް ގެންދިޔައީ ދެ ޕަންޕްގެ އެހީގައި ދިޔަހިއްކަމުން ކަމަށެވެ.