04 Dec 2012, 13:37
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގައި އިންޑިއާގެ ޖީއެމްއާރުން ހިންގަމުންދާ ޑިއުޓީ ފުރީ ފިހާރަތަކުން 40 ޕަސެންޓް ޑިސްކައުންޓްދޭން ފަށައިފި އެވެ.
ޖީއެމްއާރްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑިއުޓީ ފުރީ ފިހާރަތަކުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފަށަފައި ވަނީ ސްޓޮކް ހުސްކުރަން ކަމަށާއި ޑިސްކައުންޓް ދިނުމަށް ނިންމާފައި ވަނީ ސިނގިރޭޓާއި ޕާފިއުމްގެ އިތުރުން ކޮންފެކްޝަނަރީން ކަމަށެވެ.
"ޑިސްކައުންޓް ދެންފެށީ ދެން ސްޓޮކް ހުސްކުރަންވެގެން." އޮފިޝަލް ވިދާޅުވި އެވެ.
ޑިއުޓީ ފްރީ ފިހާރަތަކުން 40 ޕަސެންޓްގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ އިރު ޑިއުޓީ ފުރީ ފިހާރަތަކަކީ ޖީއެމްއާރަށް ބޮޑު އާންމުދަނީއެއް ލިބޭ ފިހާރަތަކެކެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ ޖީއެމްއާރް އެގްރިމެންޓަކީ އުފެދުނު ދުވަހުން ފެށިގެން ބާތިލު އެގްރިމެންޓެއް ކަމަށެވެ. އަދި ސަރުކާރުން ވަނީ މި އަންނަ ހޮރިހިރު ދުވަހު ޖީއެމްއާރުގެ އަތުން އެއާޕޯޓްއަތުލައި އެމްއޭސީއެލް އަށް ހަވާލުކުރާނެ ކަމަށް ބުނެފަ އެވެ.