ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން އާއިލާއަށް ފިލައިގެން އުޅޭ ދެ އަންހެން ކުއްޖަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއިން ފެށިގެން އާއިލާއަށް ފިލައިގެން އުޅޭ ކަމަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދަމުން ދަނީ ހ. ލާމިޔާ، ފާތިމަތު ނަޝާޔާ 14، އާއި ހަމަ އެގޭ އާމިނަތު ނަޝާ ނާޝިދު 16، އެވެ.
ނަޝާޔާ އާއި އނަޝާ ނާޝިދު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންނަށް އެންގުމަށް ފުލުހުން އެދެ އެވެ.

ފަހަކަށް އައިސް އާއިލާއަށް ފިލައިގެން އުޅޭ ކުޑަކުދިންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ.