މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ވުރެ މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓުރީގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އޮކްޓޫބަރު އެކަނި ވެސް ރާއްޖެ އަށް ވަނީ 92391 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އެ މަހު ރާއްޖެ އައިސްފައި ވަނީ 91059 ޓޫރިސްޓުނެވެ. އެހެން ކަމުން މިއީ 1.5 ޕަސެންޓް އިތުރު އަދަދެކެވެ.

އެހިސާބްތަކަށް ބަލާ އިރު އޮކްޓޫބަރު މަހު ރާއްޖެ އަށް އައި ޓުރިސްޓުންގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޔޫރަޕުންނެވެ. އެއީ 49.3 ޕަސެންޓެވެ. ނަމަވެސް ޔޫރަޕުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ވުރެ މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ޒިޔާރަތްކުރި ޓުރިސްޓުގެ އަދަދު ވަނީ 7.2 ދަށަށްގޮސްފަ އެވެ. އޮކްޓޫބަރު މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން ވަނީ ރާއްޖެ އަށް 26301 ޓޫރިންޓުން ޒިޔާރަތްކޮށްފަ އެވެ.

އަދި އެތަފާސް ހިސާބްތަކަށް ބަލާ އިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 783999 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 760231 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 3.1 ޕަސެންޓް އަދެދެކެވެ.

ހިސާބުތައް ދައްކާ ގޮތުން 50.9 ޕަސެންޓުގެ ހިއްސާއާއެކު އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕުންނެވެ. އެ ސަރަހައްދުން ރާއްޖެ އަށް 45،529 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރު ވަނީ 3.4 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު އިތުރުވެފައިވާ އިރު ޓޫރިޒަމް މިނިސްޓުްރީން ވަނީ މި އަހަރު ނިމެންވާއިރަށް އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް މަސައްކަތްކުރަމުންނެވެ.