03 Dec 2012, 11:45
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް އިންވެސްޓް ކުރަން ޖީއެމްއާރަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 350 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ) ދައްކަން އެ ބޭންކުން ދިވެހި ސަރުކާރަށް ނޯޓިސްފޮނުވައިފާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެ ބޭންކުގެ އިސްއޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ އިކޮނޮމިކް ޓައިމްސްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ގެރެންޓީދީގެން ޖީއެމްއާރުންނަގާފައިވާ އެ ލޯނު ދެއްކުމަށް އެ ބޭންކުން ސަރުކާރަށް ނޯޓިސް ފޮނުވީ ޖީއެމްއާރު ކޮންޓްރެކްޓް މިހާރު ބާތިކްށްފައިވުމުން ކަމަށެވެ.
"ސިންގަޕޫރުގެ ލޯފާމެއް އެބޭންކުން މިހާރު ވަނީ ކުއްޔަށް ހިފާފައި އެ މައްސަލައިގައި. ސަރުކާރުން ގެރެންޓީ ދީފައި އޮތީމާ އެގްރިމަންޓް ބާތިލްކުރުމުން އެ ދައްކަން ޖެހޭނެ ދިވެހި ސަރުކާރުން،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އެ ނޫސްބުނެފައި ވަނީ ޖީއެމްއާރުން އެއާޕޯޓަށް މިހާތަނަށް 230 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި އެއާޕޯޓުން އާމްދަނީ އަށް ކުއާޓާއަކަށް ލިބެނީ ތިން މިލިއަން ޑޮލަރު ކަމަށެވެ. އެ ޕްރޮޖެކްޓަށް ދޫކުރި ލޯނު ނުލިބިއްޖެ ނަމަ 160 މިލިއަން ޑޮލަރުގެ ގެއްލުން ބޭންކަށް ވާނެ ކަމަށް ވެސް އެ ނޫހުގައި ވަނީ ލަފާކޮށްފަ އެވެ.