ފްރެންޗްގުޔާނާ (ޑިސެމްބަރު 3): ރަޝިޔާ އިން ޔޫރަޕްގެ ސެޓަލައިޓެއް ފަޒާ އަށް ފޮނުވާލައިފި އެވެ.

އެއްޓަނުގެ ބުރަދަންހުންނަ މި ސެޓަލައިޓް ފަޒާ އަށް ފޮނުވާލާފައި ވަނީ ރަޝިޔާގެ'ސޮޔޯޒް އެސްޓީއައި ރޮކެޓުންނެވެ. މިރޮކެޓް އުދުއްސާލާފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ އިރުއުތުރުގައިވާ ޖަޒީރާއެއް ކަމަށްވާ ފްރެންޗް ގުޔާނާގައިވާ ފަޒާއާ ބެހޭ މަރުކަޒުންނެވެ. ޔޫރަޕްގެ އިއްތިޙާދުގެ މި ސެޓަލައިޓަކީ ބިމުގެ އެކިސަރަޙައްދުތަކުގައިވާ ކުދިކުދި އެތިކޮޅުތައް ބަލައި ހޯދުމަށް ޚާއްސަކޮށްފައިވާ މޮނިޓަރިިން ސެޓަލައިޓެކެވެ.

މޭވާ ފަދަ ކުދިތަކެތި ވެސް ބިމުގެ އެކި ސަރަޙައްދުތަކުން ހޯދައި އެތަކެތި ފާހަގަކުރުމުގެ ގާބިލްކަން'ބިލްޔާޑީސް ވަން' ނަމަކަަށް ކިޔާ މިސެޓަލައިޓަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.'ބިލްޔާޑީސް ވަން' ފަޒާ އަށް ފޮނުވާލީ ރަޝިޔާގެ އެހީގައި ނަމަވެސް އެސެޓަލައިޓް ފަރުމާކޮށް އުފައްދާފައި ވަނީ ފަރަންސޭސިވިލާތުންނެވެ. މީގެކުރިން ޔޫރަޕުން ވަނީ ބިލްޔާޑީސް ޓޫގެ ނަމުގައި މިބާވަތުގެ އެހެން ސެޓަލައިޓެއް ވެސް ފަޒާއަށް ފޮނުވާލާފަ އެވެ. މިދެ ސެޓަލައިޓް އުފެއްދުމަށް ފަރަންސޭސި ސައެންސްވެރިން 10 އަހަރު ހޭދަކޮށްފައިވެ އެވެ.

ރަޝިޔާގެ'ސޮޔޯޒް އެސްޓީއައި'ރެކެޓަކީ ފަޒާ އަށް ސެޓަލައިޓް ފޮނުވުމަށް ޓަކައި ވަރަށް އެޑްވާންސް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ރޮކެޓެކެވެ. މިއީ، ރަޝިޔާއިން ބޭރުގައި ސެޓަލައިޓް ފަޒާ އަށް ފޮނުވުމަށް މި ރޮކެޓް ބޭނުންކުރާ ހަތަރުވަނަ ފަހަރެވެ. (އަލްޖަޒީރާ)