މިއަދު ބޭއްވި ވ. ކެޔޮދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ އިންތިހާބު އެމްޑީޕީ ކެންޑިޑޭޓް އާސިޔާ ހުސައިން ކާމިޔާބު ކުރެއްވީ 223 ވޯޓުން ކަމަށެވެ. އަދި އޭނާ އާ ވާދަކުރެއްވި ޑީއާރުޕީ ކެންޑިޑޭޓް އަހުމަދު ފަޔާޒަށް ލިބިވަޑައިގެންފައި ވަނީ، އާސިޔާ އަށް ވުރެ ހަތަރު ވޯޓު މަދުކޮށް، 219 ވޯޓެވެ. އެ އިންތިހާބުގައި ބާތިލު 38 ވޯޓު ވާކަމަށް އިލެކްޝަންސުން ބުންޏެވެ.