ދިރާގުގެ ޕޯސްޕެއިޑް ނަމްބަރުތަކުގެ ތެރެއިން ބޮރޯންޒް ޕެކޭޖްގައި ހިމެނޭ ހިލޭ ގުޅޭ މިނެޓްގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްދީފި އެވެ.

ދިރާގުން ބުނީ އިތުރު ޗާޖަކާ ނުލައި މިއަދުން ފެށިގެން ހިލޭ ގުޅޭ މިނެޓްތައް އިތުރުކޮށްދޭނީ ދިރާގު ޕޯސްޓްޕެއިންޑްގެ ބުރޯންޒް ޕެކޭޖުން ކަމަށާއި އެގޮތުން ކުރިން އެޕެކޭޖުން 160 މިނެޓް ހިލޭ ލިބުނަސް މިހާރު 190 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ.

އެކުންފުނިން ބުނީ އެގޮތަށް ނިންމާފައި ވަނީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމާއި ޕޯސްޕެއިޑް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާ އެކު ރައްޓެހިންނާއި އާއިލާ މީހުންނަށް އަދި ރަހުމަތްތެރިންނަށް ހިލޭ ގުޅާ ލުމުގެ ފުރުސަތު ފަހިކޮސްދިނުމުގެ ގޮތުން ކަމަށެވެ.

ދިރާގުން ބުރޯންޒު ޕެކޭޖުގެ ހިލޭ ގުޅޭ މިންވަރު އިތުރުކޮށްފައިވާ އިރު ދިރާގުން މީގެ ކުރިން ވަނީ ޕޯސްޓްޕެއިޑް ޕްލެޓިނަލް ޕެކާޖާއި ޑައިމަންޑް ޕެކޭޖް އަދި ބްރޯންޒް ޕެކޭޖްގެ ހިލޭ ގުޅޭ މިނެޓްތައް އިތުރުކޮށްފައެވެ.