މާލޭން ފުރައިގެން އައްޑު އަށް ދަތުރުކުރި "ހިތްވަރު" ބޯޓް ގެއްލިގެން ހޯދާތާ 27 ގަޑިއިރު ވެފައިވާ އިރު އަދި ވެސް އެބޯޓް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަބްދުއްރަހީމް މިއަދު ވިދާޅުވީ ގެއްލުނު ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުންދާ ކަމަށާއި ބޯޓްގެ ހަބަރެއް މިހާތަނަށް ވެފައިނުވާ އިރު މިއަދުގެ ވަގުތެއްގައި ވައިގެ މަގުން ބޯޓް ހޯދުމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯސްޓްގާޑުން މިދަނީ މަސައްކަތް ކުރަމުން، ދެން މިއަދު ވައިގެ މަގުން ބޯޓް ހޯދުމުގެ މަސައްކަތްތަށް ފަށާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓްގެ ވެރިފަރާތާއި ބޯޓްއާއި އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ގާތްގަނޑަކަށް 16:00 ކަންހާއިރު ލ. މާވަށާ ހިސާބުން ކަމަށެވެ. އަދި އެ ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ބޭރު ތިން މީހުން ކަމަށެވެ.