01 Dec 2012, 09:48
ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޒަން ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދައި އަދި އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ ހޯދައިފި އެވެ.
އިއްޔެ ހަވީރު ކެރަމް ހޯލުގައި ކުޅުނު ފިރިހެން ޓީމް އިވެންޓު ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބް ޗެމްޕިއަންކަން ހޯދާފައިވަނީ ސްޕޯޓްސް ކުލަބު ފީނިކްސްއާ ބައްދަލުކޮށް ސީދާ ތިން މެޗުން މޮޅުވެގެން ނެވެ. އަދި އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަން ކަން މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ ހޯދީ ފައިނަލްގައި އެސްޓީއޯއާ ވާދަކޮށް 2، 1،ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ތިން ވަނަ ހޯދީ މޯފާ ރެކްރިއޭޝަން ކުލަބެވެ. އަދި އަންހެން ޓީމް އިވެންޓުގެ ތިންވަނަ ހޯދީ ސްޕޯޓްސް ކުލަބު ފީނިކްސް އެވެ.
މި މުބާރާތުގެ ޕްރިމިއާ ޑިވިޒަންގެ ފިރިހެން ޑަބަލްސް ފައިނަލާއި ޕްރިމިއާ ޑިވިޒަންގެ އަންހެން ސިންގަލްސް ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިމަހު 25 އިން އަންނަ މަހުގެ 2ގެ ނިޔަލަށް ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމްލަ 10 ޓީމަކާ އެކު އިންޑިވިޖުއަލް އިވެންޓްތަކުގައި 98 ކުޅުތެރިޔަކު ބައިވެރިވެފައިވެ އެވެ.