30 Nov 2012, 12:12
މާލޭން ފުރައިގެން އައްޑުއަށް ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެ ބޯޓުން ދަތުރު ކުރި މީހެއްގެ އާއިލާ މެންބަރަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ އައްޑު އާއި މާލެއާ ދެމެދު ދަތުރުކުރާ "ހިތްވަރު" ބޯޓު މާލޭން އައްޑުއަށް ދިއުމަށް ފުރީ ބުދަ ދުވަހުގެރޭ ކަމަށެވެ. އަދި އެންމެ ފަހުން ބޯޓުގެ ހަބަރެއްވީ ރޭ ދަންވަރު 12:00 ޖަހާކަންހާއިރު ލ. މާވަށާ ހިސާބުން ކަމަށްވެސް އޭނާ ބުންޏެވެ.
"މިހާރު ބޯޓާ އެއްވެސް ވަރަކަށް ނުގުޅޭ،" އޭނާ ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހިތްވަރު ބޯޓު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ ފަތިހު ލިބުމާއި ގުޅިގެން އެބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ބޭރު ތިން މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ނަމަވެސް ބޯޓާބެހޭ އެއްވެސް ހަބަރެއް އަދި ނުލިބޭކަމަށްވެސް އޭނާ ބުންޏެވެ.