30 Nov 2012, 00:19
ޗެމްޕިއަން ޓީމަށް 20،000ރ.ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ 39 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕައަންކަން އާކު ޓީމް ހޯދައިފި އެވެ.
މިރޭ މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުޅެވުނު ފޯރިގަދަ ފައިނަލްގައި ކުލަބް އީގަލްސް އާއި ވާދަކޮށް ދެމެޗް ތިން މެޗުން މުބާރާތް ކާމިޔާބުކުރީ އާކު ޓީމެވެ.
ކުލަބް އީގަލްސް އާއި އާކު ބައްދަލުކުރި ފައިނަލް މެޗުގެ ފުރަތަމަ ޑަބަލްސްގައި އީގަލްސްގެ ތޯމަސް އަދި އަލީ އާއި ވަދަކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ އާކު ޓީމްގެ ޝާމިއު އަދި ރިޔާޒު އެވެ. މި ޓައިގެ ފުރަތަމަ ސިންގަލްސް ގައި އާކުގެ ޒަޔާން ޒަކީ އާއި ވާދަކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ އީގަލްސްގެ މުހައްމަދު އަޖުފާން އެވެ. ދެވަނަ ޑަބަލްސް ގައި އާކުގެ އަލީ ނަސީރާއި މަދީހު ޖަމާލު އާއި ވާދަކޮށް ދެ ސެޓް އެއް ސެޓުން މެޗް ކާމިޔާބުކުރީ އީގަލްސް ގެ އަޖުފާން އާއި އާސިފު އެވެ. އަދި ދެވަނަ ސިންގަލްސް މެޗްގައި އީގަލްސްގެ އަހްމަދު ރިޔާޒު އާއި ވާދަކޮށް ދެސެޓުން މެޗް ކާމިޔާބު ކުރީ އާކުގެ އިބްރާހިމް ޝާމިއު އެވެ. މިޓައިގެ ތިންވަނަ ޑަބަލްސް ގައި އީގަލްސްގެ އަހްމަދު ރިޔާޒް އަދި އަލީ ޝަރުމީލު އާއި ވާދަކޮށް ދެސެޓް އެއް ސެޓުން މެޗް ކާމިޔާބު ކުރީ އާކުގެ ހަސަން ރިޔާޒު އާއި ޒަޔާން ޒަކީ އެވެ.
މިރޭކުޅެވުނު އަތޮޅު ލީގުގު މުބާރާތުގެ ތެރެއިން ތިންވަނަ ހޮވާމެޗް ނ. ހޮޅުދޫ ބެޑްމިންޓަން ޓީމާ ވާދަކޮށް ދެމެޗް ތިން މެޗުން ކާމިޔާބުކުރީ އައްޑޫ ހޮރައިޒަން އެކަޑެމީ އެވެ.
ތރީސްނުވަ ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ފަސްވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޖުމްލަ އެއްލައްކަ ރުފިޔާގެ ހުށަހަޅާފައިވެ އެވެ.