29 Nov 2012, 19:11
ފިފާއިން ހޮވާ ދުނިޔޭގެ އެންމެ ޑްރީމް ޓީމުގެ ތިން ފޯވަޑުން ހޮވުމަށް އެންމެ މޮޅު 15 ފޯވަޑުން މިއަދު ހޮވައިފި އެވެ.
ބްރެޒިލްގެ ސައުޕޯލޯގައި ފީފާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިއުލާނުކުރި 15 ފޯވަޑުންނަކީ:
1- ލަޔޮނަލް މެސީ، (ބާސެލޯނާ، އާޖެންޓީނާ)
2- ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް، ޕޯޗުގަލް)
3- ޑިޑިއޭ ޑްރޮގްބާ، (ޝެންހާއީ، ޗައިނާ)
4- ރޮބިންވޭންޕާސީ (މެންޗެސްޓާ ޔުނައިޓެޑް، ހޮލެންޑް)
5- ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ، އާޖެންޓީނާ)
6- މާރިއޯ ބަލެޓޮލީ (މެންޗެސްޓާ ސިޓީ، އިޓަލީ)
7- ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް، ފްރާންސް)
8- އެޑިންސަން ކަވާނީ (ނަޕޯލީ، އިޓަލީ)
9- ސެމިއުލް އެޓޫ (އަންޒީ، ކެމަރޫން)
10- ރަޑެމަލް ފަލްކާއޯ (އެތްލެޓިކޯ މެޑްރިޑް، ކޮލަމްބިއާ)
11- މާރިއޯ ގޯމޭޒް (ބަޔާން މިއުނިކް، ޖާމަނީ)
12- ލާޓަން އިބްރަހިމޮވިޗް (ޕީއެސްޖީ، ފްރާންސް)
13- ނޭމާ (ސަންޓޯސް، ބްރެޒިލް)
14- ލުއިސް ޝުއަރޭޒް (ލިވަޕޫލް، އުރުގުއޭ)
15- ވޭން ރޫނީ (މެންޗެސްޓާ ޔުނައިޓެޑް، އިންގްލޭންޑް) އެވެ.
ފީފާއިން ވަނީ މީގެ ކުރިން އެންމެ މޮޅު ފަސް ކީޕަރުންނާއި 20 ޑިފެންޑަރުން އަދި އެންމެ މޮޅު 15 މިޑްފީލްޑަރުން އިއުލާނުކޮށްފަ އެވެ.
މިހުރިހާ ކުޅުންތެރިންގެ ތެރެއިން ފިފާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ތިން ކުޅުންތެރިންނަކީ ބާސެލޯނާގެ އަންދްރޭސް އިނިއެސްޓާ އާއި ލަޔޮނަލް މެސީ އަދި ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.