އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބުރާންޗެއް ހދ. ކުޅުދުއްފުށިގައި ހުޅުވައިފި އެވެ.

މީރާ އިން މިއަދު ބުނީ އިއްޔެ ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ޓެކްސް ދައްކާ ފަރާތްތަކާ ވީހާ ވެސްގާތުން ހިދުމަތް ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީރާގެ އޮފީސްތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ބުރާންޗެއް ކަމަށެވެ.

އަދި ބުނީ އެ ބްރާންޗް ހުޅުވުމާ އެކު ކުރިން ހދ. ކައުންސިލުން ދެމުން ދިޔަ ޓެސްއާ ގުޅޭ ހުރިހާ ހިދުމަތެއް އެ ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުންދޭ ހުރިހާ ހިދުމަތްތަކެއް ވެސް ކުޅުދުއްފުށީގައި ކުރިން ގައުމީ އިދާރާ ހިންގި އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ މީރާގެ އޮފީހުން ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭނެ" ކަމަށް މީރާ އިން ބުންޏެވެ.