މިރޭ ބާއްވާ އޭއެފްސީގެ އެވޯޑް ނައިޓްގައި އޭޝިޔާ ރީޖަންގެ އެންމެ ޒުވާން ކުޅުންތެރިޔާގެ އިނާމް ދެއްވާނީ އެފްއޭއެމުގެ ރައީސް އަލީ އާޒިމް ކަމަށް އޭއެފްސީން ނިންމައިފި އެވެ.

މިކަމާ ގުޅިގެން އާޒިމް އޭނާގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވަނީ މިއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަަށެވެ. އަދި މިއީ އޭއެފްސީގެ އެވޯޑް ދެއްވުމަށް ރާއްޖޭގެ ބޭފުޅަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އާޒިމަކީ އޭއެފްސީގެ އެކްސްކޯ އަށް އިންތިހާބުވި ރާއްޖޭގެ ފުރަތަމަ މެމްބަރެކެވެ.

އެވޯޓް ނައިޓަށާއި އެކްސްކޯ މީޓިން އަށް މި ވަގުތު މެލޭޝިޔާ އަށް ވަޑައިގެން ހުންނެވި އާޒިމް ވަނީ ރާއްޖެ އަށް ޗެލެންޖް ކަޕް 2014 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ހޯދައިދީ އޭއެފްސީ ކަޕުގައި ވާދަ ކުރާ ޓީމުގައި އަރަބިގައުމުތައް ވާދަ ކުރާ ވެސްޓާން ފަޅިން އީސްޓާން ގްރޫޕަށް ބަދަލުކޮށްފަ އެވެ. މިއީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ދިވެހި ޓީމުތަކަށް ބޮޑު ކުރުމަށް ގެނައި ބަދަލެކެވެ.