29 Nov 2012, 15:00
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އޭއެފްސީ ކަޕުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުތައް އަނެއްކާ ވެސް އީސްޓް ޒޯނަށް ބަދަލުކޮށްފި އެވެ.
މި ޒޯނަށް ބަދަލު ކުރުމުން ދިވެހި ކުލަބުތައް ކުޅެން ކުޅެން ޖެހޭނީ ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމުތަކާ އެވެ. ރާއްޖޭގެ ޓީމުތައް މި އަހަރު ވާދަ ކުރީ ވެސްޓް ޒޯނުގަ އެވެ. މި ޒޯނުގައި ހިމެނެނީ މުބާރާތުގެ އެންމެ ގަދަ ޓީމުތައް ނިސްބަތްވާ ގައުމުތައް ކަމަށްވާ ޖޯޑަން އާއި ސީރިއާ ފަދަ ގައުމުތަކެވެ.
އެފްއޭއެމުގެ ރައީސް އަލީ އާޒިމް އޭނާގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވަނީ މިއީ ރާއްޖެ އަށް އަނެއްްކާ ވެސް އުފާވެރި ޚަބަރެއް ކަމަށެވެ. އާޒިމަކީ މި ނިންމުމުން ނިންމެވި އޭއެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ. އޭނާ ވަނީ ދިވެހި ކުލަބުތަކަށް އޭއެފްސީ ކަޕުގައި ފަސޭހަކަމާއެކޔު ވާދަ ކުރެވޭނެ އިންތިޒާމެއް ހޯދައިދޭން ބޭނުންވާ ކަމަށް ކުރިން ވެސް ބުނެފަ އެވެ.
ރާއްޖެއިން އަންނަ އަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލީގް ޗެމްޕިއަން ނިއު ރޭޑިއަންޓާއި އެފްއޭކަޕް ޗެމްޕިއަން މާޒިޔާ އެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތަކަށް މީގެ ކުރިން ގްރޫޕް ފިޔަވަހި ކަޑައްތު ކުރެވުނީ 2005 ވަނަ އަހަރު އެކަންޏެވެ. އެވެ. އެއަހަރު ނިއު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.