ބ. ފުޅަދޫން ގެއްލިގެން ހޯދި ކުޑަފިރިހެން ކުއްޖެއް ފަޅުގެއްގެ ތެރޭގައި ހުއްޓައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 14 އަހަރުގެ އެ ކުއްޖާ ގެއްލިގެން ރޭ 10:30 އެހާކަންހާއިރު އެ ކުއްޖާގެ އާއިލާ އިން ރިޕޯޓް ކުރުމާ ގުޅިގެން އެ ރަށު ރައްޔިތުންނާއި ފުލުހުން ގުޅިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ފަޅުގެއްގެ ތެރެއިން ކަމަށެވެ. އެ ރަށު ބަޔަކަށް އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާ ފިލީ ކީއްވެގެންކަން ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް އާއިލީ ތަފާތު މައްސަލަތަކުގައި ފުރާވަރަށް އަރަމުން އަންނަ ކުދިން އަންނަނީ ފިލަމުން ނެވެ.