ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސާރަބޮޑު ފުޓްބޯޅަ ކޯޗަކީ ރެއާލް މެޑްރިޑުގެ ހޯސޭ މޮރީނިއޯ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ބްރެޒިލްގެ ސްޕޯޓްސް ބިޒްނަސް ކޮންސަލްޓިން ފާމް ޕްލޫރީ ކޮންސަލްޓޯރިއާގެ ހިސާބުތައް ދައްކާގޮތުން ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއާ އަށް އަހަރަކު އާމްދަނީގެ ގޮތުގައި 12.3 މިލިއަން ލިބިއެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. ފާގަސަން އަށް އަހަރަކު ލިބެނީ 7.6 މިލިއަން ޕައުންޑެވެ. ވެންގާ އަށް ލިބެނީ 7.5 މިލިއަން ޕައުންޑެވެ.

މި ދެ ކޯޗުން ލިސްޓުގެ 4 އަދި ފަސް ވަނާގައި އުޅޭއިރު އިނގިރޭސި ކޯޗު ރޯއި ހޮޖްސަނަށް ލިބެނީ އަހަރަކު ދެމިލިއަން ޕައުންޑް ކަމަށް ވެސް އެފާމުން ބުނެފައިވެ އެވެ. މިހެންވެ އޭނާއަކީ އެންމެ ބޮޑު މުސާރަލިބޭ ކޯޗުން ރޭންކު ކުރާއިރު ދުނިޔޭގެ 30 ވަނަ ކަމަށް ވެސް އެ ފާމުން ބުނެފައިވަ އެވެ.

މޮރީނިއޯ އަށް ފަހު އެންމެ ގިނަ އާމްދަނީ ލިބެނީ ޕީއެސްޖީގެ ކޯޗު ކާލޯ އެންޗެލޮއްޓީ އެވެ. އޭނާ އަށް 10.9 މިލިއަން ޕައުންޑް ލިބޭއިރު ލިސްޓުގެ ތިން ވަނާގައިވަނީ ގުއަންޒޫގެ ކޯޗު މާސެލޯ ލިއްޕީ އެވެ. އޭނާ އަށް 8.7 މިލިއަން ޕައުންޑް ލިބެ އެވެ.

ރަޝިޔާގެ ކޯޗު ފަބިއޯ ކަޕޭއްލޯ އަށް އަހަރަކު ލިބެނީ 6.3 މިލިއަނާއެ ލިސްޓުގެ ހަތްވަނަ އެވެ. އަދި އަށް ވަނާގައިވަނީ ބާސެލޯނާގެ ކޯޗު ޓިޓޯ ވިލަނޯވާ އެވެ. އޭނާ އަށް 5.6 މިލިއަން ލިބޭއިރު، މެންޗެސްޓާ ސިޓީގެ ރޮބާޓޯ މަންޗީނީ އަށް ލިބެނީ 4.8 މިލިއަނާއެކު ލިސްޓުގެ 10 ވަނަ އެވެ. 11 ވަނާގައިވަނީ ބާސެލޯނާގެ ކުރީގެ ކޯޗު އަދި މިހާރު ސައޫދީ އަރަބިއާގެ ކޯޗު ހޮލެންޑްގެ ފްރޭންކް ރައިކާޑެވެ. އޭނާ އަށް 4.3 މިލިއަން ލިބެއެވެ.

އެންމެ ގިނަ އާމްދަނީ ލިބޭ 15 ކޯޗުން:

1 ހޯސޭ މޮރީނިއޯ، ރެއާލް މެޑްރިޑް 12.3 މިލިއަން
2 ކާލޯ އެންޗެލޯޓީ، ޕީއެސްޖީ 10.9 މިލިއަން
3 މާސެލޯ ލިއްޕީ، ގުއަންޒޫ 8.7 މިލިއަން
4 އެލެކްސް ފާގަސަން، މެންޗެސްޓާ ޔުނައިޓެޑް 7.6 މިލިއަން
5 އާސެން ވެންގާ، އާސެނަލް 7.5 މިލިއަން
6 ގުސްހިޑިންކް، އަންޒީ 6.7 މިލިއަން
7 ފަބިއޯ ކަޕޭއްލޯ، ރަޝިޔާގެ ގައުމީ ޓީމު 6.3 މިލިއަން
8 ޓިޓޯ ވިލަނޯވާ، ބާސެލޯނާ 5.6 މިލިއަން
9 ހޯސޭ ކަމާޗޯ، ޗައިނާގެ ގައުމީ ޓީމް 4.8 މިލިއަން
10 ރޮބާޓޯ މަންޗީނީ، މެންޗެސްޓާ ސިޓީ 4.8 މިލިއަން
11 ފްރޭންކް ރައިކާޑް، ސައޫދީ ގައުމީ ޓީމް 4.3 މިލިއަން
12 ހެއިނެކްސް، ބަޔާން މިއުނިކް 4.2 މިލިއަން
13 އަންދްރޭސް ވިޔާސް ބާއޯސް، ޓޮޓެންހަމް 3.6 މިލިއަން
14 ހެރީ ރެޑްނެޕް، ކިއުޕީއާރު 3.2 މިލިއަން
15 ޖޯޖް ޖެސޫސް، ބެންފީލާ 3.2 މިލިއަން