28 Nov 2012, 15:26
ފަސް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖް ނިމި ސެމީފައިނަލުން ޓީމްތައް ޖާގަތައް ކަށަވަރު ކޮށްފި އެވެ.
އަތޮޅު ލީގު ޓީމް އިވެންޓްގައި ރޭ އައްޑޫ ހޮރައިޒަން އެކަޑެމީ އާއި ޏ. ފުވައްމުލަކު ބެޑްމިންޓަން ޓީމުވާދަކުރި ޓައިގެ ފުރަތަމަ ސިންގަލްސްގައި ހޮރައިޒަންގެ ނަޝީދު އާއި ފުވައްމުލަކު ޓީމުގެ މުޙައްމަދު އަޙުމަދު ކުޅުނު މެޗު ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ނަޝީދު އެވެ. މިޓައިގެ ފުރަތަމަ ޑަބަލްސްގައި ހޮރައިޒަންގެ މުނީޒު އަދި ފަޒީލު އާއި ސައުދުﷲ އަދި ނަސީރު ޢަލީ ކުޅުނު މެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފުވައްމުލަކު ޓީމެވެ. އަދި ދެ ވަނަ ޑަބަލްސްގައި ހޮރައިޒަންގެ އަދުރޭ އާއި އައްފާން އަދި ފުވައްމުލަކު ޓީމުގެ އާސިމް އާއި މުޙައްމަދު އަޙްމަދު ކުޅުނުމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ހޮރައިޒަން ޓީމެވެ. ދެވަނަ ސިންގަލްސްގައި ހޮރައިޒަން އެކަޑެމީގެ ޝިފާއު އާއި ފުވައްމުލަކު ޓީމުގެ ސަޢުދުﷲ ބައްދަލުކުރި މެޗް، ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ސަޢުދުﷲ އެވެ. މިޓައިގެ ތިންވަނަ ޑަބަލްސްގައި ހޮރައިޒަންގެ އިބްރާހީމް އަދި ނަޝީދު އާއި ފުވައްމުލަކު ޓީމްގެ އާސިމް އާއި ނަސީރު ޢަލީ ކުޅުނު މެޗް ސީދާ ދެސެޓުހޯދައިގެން ކާމިޔާބުކުރީ ފުވައްމުލަކު ޓީމެވެ. ސޯޅަ ޕޮއިންޓު ހަ ޕޮއިންޓުން މި ޓައި ކާމިޔާބުކުރުމުން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމުލަ 36 ޕޮއިންޓާއެކު ސެމީފައިނަލަށް ދިޔައީ ޏ. ފުވައްމުލަކު ބެޑްމިންޓަން ޓީމެވެ. އަދި މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ފޮތުގައި 26 ޕޮއިންޓާ އެކު ސެމީފައިނަލަށް ދިޔައީ އައްޑޫ ހޮރައިޒަން އެކަޑެމީގެ ޓީމެވެ.
އަތޮޅު ލީގުގައި ރޭ ބ. އޭދަފުށީ ބެޑްމިންޓަން ޓީމާއި ނ. ހޮޅުދޫ ބެޑްމިންޓަން ޓީމް ކުޅުނު ޓައިގެ ފުރަތަމަ ސިންގަލްސް މެޗްގައި އޭދަފުށީ ޓީމުގެ ޙުސައިން މުޙައްމަދު އާއި ހޮޅުދޫ ޓީމުގެ ޢަބްދުﷲ މުތީން ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބު ކުރީ ޙުސައިން މުޙައްމަދު އެވެ. އަދި ފުރަތަމަ ޑަބަލްސްގައި އޭދަފުށީ ޓީމުގެ ޠަލާލް ޢަބުދުއްރަޙްމާން އަދި ޙުސައިން މުޙައްމަދު އާއި ހޮޅުދޫ ޓީމުގެ މުމްތާޒު އިބްރާހިމް އަދި މުޙައްމަދު ނޫރުއްދީން ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބުކުރީ ހޮޅުދޫ ޓީމެވެ. ދެވަނަ ޑަބަލްސްގައި އޭދަފުށީ ޓީމުގެ އަބްދުލްމަތީން އާއި ޙުސައިން މުޙައްމަދު އަދި ހޮޅުދޫ ޓީމުގެ އިބްރާހީމް ސިރާޖު އަދި ހުސައިން ހިފާޒު ކުޅުނުމެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ އޭދަފުށީ ޓީމެވެ. ދެ ވަނަ ސިންގަލްސްގައި އޭދަފުށީ ޓީމުގެ ޢަބްދުﷲ މަތީނު އާއި ހޮޅުދޫ ޓީމުގެ ޢަލީ ރަމީޒު ކުޅުނު މެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ޢަބްދުﷲ މަތީނު އެވެ. އަދި މިޓައިގެ ތިންވަނަ ޑަބަލްސްގައި އޭދަފުށީ ޓީމުގެ ޠަލާލް ޢަބްދުއްރަޙްމާން އާއި ޢަބްދުލް މަންނާން ޔޫސުފް އަދި ހޮޅުދޫ ޓީމުގެ އިބްރާހީމް އުނައިސް އާއި މުޙައްމަދު ނޫރުއްދީން ކުޅުނުމެޗް ވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ އޭދަފުށީ ޓީމެވެ. ްއަށާރަ ޕޮއިންޓް ހަތް ޕޮއިންޓުން މި މެޗް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އޭދަފުށީ ޓީމެވެ. އަދި 25 ޕޮއިންޓާ އެކު ދެ ވަނަ ޓީމެއްގެ ގޮތުގައި މިގުރޫޕުން ސެމީއަށް ދިޔައީ ހޮޅުދޫ ޓީމެވެ.
މިރޭ ކުރިއަށްގެންދާނީ އަތޮޅު ލީގު މުބާރާތުގެ ސެމީފައިނަލް މެޗްތަކެވެ. ފުރަތަމަ މެޗްގައި ވާދަކުރާނީ ފުވައްމުލަކު ޓީމާއި ހޮޅުދޫ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އައްޑޫ ހޮރައިޒަން އެކަޑެމީގެ ޓީމާއި އޭދަފުށީ ޓީމެވެ. އަދި ލީގުގެ ތިން ވަނަ ހޮވާ މެޗާއި ގައުމީ މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ އަށެއްޖަހާ އިރު މާލޭ ކުޅިވަރުއެކުވެނީގަ އެވެ.