Last Updated:
1 decade 3 year ago

އެގްރީމަންޓް ބާތިލުކޮށް ޖީއެމްއާރު ފޭބުމަށް ހަތް ދުވަހުގެ ނޯޓިސްދީފި

  • ތަކެތި ގެންދިއުމަށް ވަނީ 30 ދުވަސްދީފައި
ބުލޮގު ޚުލާސާ
އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް 7 ދުވަހުގެ ތެރޭގައި އެއާޕޯޓް ދިވެހި ސަރުކާރާ ހަވާލުކޮށް، 30 ދުވަހުގެ ތެރޭގައި ތަކެތި ގެންދިޔުމަށް އަންގައިފި އެވެ.
11:20

އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް 7 ދުވަހުގެ ތެރޭގައި އެއާޕޯޓް ދިވެހި ސަރުކާރާ ހަވާލުކޮށް، 30 ދުވަހުގެ ތެރޭގައި ތަކެތި ގެންދިޔުމަށް އަންގައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ ފާއިތުވި ނުވަ މަސް ދުވަހު ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ އެއްބަސްވުމުގެ ކަންތައްތައް ދިރާސާ ކުރުމަށް ފަހު ތައްޔާރުކޮށްފައިވާ ކަރުދާހެއް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ ކަރުދާހުގެ މައްޗަށް ބަންޑާރަ ނައިބާ އެކު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަން ޖީއެމްއާރަށާއި އެއާޕޯޓްސް ކޮންޕެނީ އަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިޑިޝިޝަން ނަގާފައި ވަނީ ހަމައެކަނި އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލުންގެ ލަފާގެ މަތިންނެއް ނޫން. އެކަމުގައި އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ލޯޔަރުންގެ ލަފާ ވެސް ވަނީ ހޯދައިފައި،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެ ނިންމުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ނިންމުމެއް ނޫން ކަމަށާއި އެއީ ވިޔަފާރިގެ އެއްބަސްވުމަކަށް ނިންމުން ގެނައުން ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާ ޖީއެމްއާރާ އެކު ކޮންޓްރެކްޓްގައި ސޮއި ކުރީ 18 ޖޫން 2010ގަ އެވެ. ކޮންޓްރެކްޓް ބާތިލް ކުރަން ސަރުކާރުން ނިންމި އެންމެ ބޮޑު ސަބަބަކީ ސަރުކާރަށް ދައްކާ ފައިސާ އިން އޭޑީސީގެ 27 ޑޮލަރު އުނިކުރަން ޖެހުމުން ސަރުކާރަށް އާމްދަނީއެއް ނުލިބުމެވެ.

ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރި އިރު އެ އެގްރިމަންޓްގެ މައްސަލަތަކެއް ސިންގަޕޫރުގެ އާބިޓްރޭޝަންގައި އަންނަނީ ހިނގަމުންނެވެ.

ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުންޏަށް އެއާޕޯޓް ހިންގަން ހަވާލުކޮށްފައި ވަނީ 25 އަހަރު ދުވަހަށެވެ. އެއާޕޯޓްގައި އާ ޓާމިނަލެއް އަޅައި އެއާޕޯޓް ތަރައްގީ ކުރުމަށް 511 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޖީއެމްއާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންނާއި އަދި އެ ނޫން މީހުންގެ ގޮތުގައި އަހަރަކު އެއް މިލިއަން މީހުން ރާއްޖެ އާދެ އެވެ. އެ ރޭޓުން ބަލާ އިރު ކޮންމެ މީހެއްގެ އަތުން އޭޑީސީގެ ގޮތުގައި 27 ޑޮލަރު ނަގާ ނަމަ، އަހަރަކު 27 މިލިއަން ޑޮލަރު އަދި 25 އަހަރުގެ ތެރޭގައި 675 މިލިއަން ޑޮލަރު ޖީއެމްއާރަށް ހަމަ އެކަނި އޭޑީސީގެ ގޮތުގައި ލިބޭނެ އެވެ.

އެއްބަސްވުން އުވާލުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތަކާއި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހިސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގައިވާ އެގައުމުގެ މަސްލަހަތުތަކާއި އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

18:31

ބަންޑާރަނައިބު ވިދާޅުވީ އެ ޑިސިޝަން ނަގާފައި ވަނީ އޭޖީގެ ނިންމުމުގެ އިތުރަށް ސިންގަޕޫރާއި އިނގިރޭސި ވިލާތުގެ ލޯޔަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އާޒިމާ ވިދާޅުވީ އެ ނިންމުމަކީ އެއްވެސް ސިޔާސީ ނިންމުމެއް ނޫން ކަމަށާއި އެއީ ވިޔަފާރިގެ އެއްބަސް ވުމަކަށް ނިންމުން ގެންނެވީ ކަމަށް.
18:28

ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް 7 ދުވަހުގެ ތެރޭގައި އެއާޕޯޓް ދިވެހި ސަރުކާރާ ހަވާލު ކުރުމަށް އަންގައިފި. އަދި 30 ދުވަހުގެ ތެރޭގައި ތަކެތި ގެންދިއުމަށް ވެސް އަންގައިފި.
18:22

ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ އެ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ ފާއިތުވި ނުވަ މަސް ދުވަހު ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ އެއްބަސްވުމުގެ ކަންތައްތައް ދިރާސާ ކުރުމަށް ފަހު މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ސަރުކާދާހެއްގެ މައްޗަށް އެޓާނީ ޖެނެރަލާ އެކު ވަޒީރުންގެ މަޖިލީހުގެ މަޖިލީގައި މަޝްވަރާކޮށްފައި ކަމަށް. އަދި އެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަން ޖީއެމްއާރަށާއި އެއާޕޯޓްސް ކޮންޕެނީއަށް އަންގާފައިވާ ކަމަށް. އޭނާ ވިދާޅުވީ ކޮންޓްރެކްޓް ބާތިލުކޮށްފައި ވަނީ އެގްރީމަންޓްގައި ސޮއިކުރި ދުވަހުން ފެއްޓިގެން ކަމަށް.
18:20

އެއްބަސްވުން ރޫޅާލުމަަށް ސަރުކާރުން ވަނީ ނިންމާފައި: އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު