27 Nov 2012, 15:41
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ހުޅުމާލޭ ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ނޫން ކަމަށް ކޮމެޓީ އަށް ފެންނަ ކަމަށް ކަނޑައަޅައި، ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެކަން އެންގުމަށް ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ހުޅުމާލޭ ކޯޓް އުފެއްދުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ކޮމެޓީ އަށް ފޮނުވި ލިޔެކިޔުންތަކަށް ރިޔާއަތް ކުރުމަށް ފަހު، އެ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކަނޑައެޅީ މިއަދު ބޭއްވި ކޮމެޓީ އަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީ އަށް ހާޒިރުވި ޕީޕީއެމާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވޯޓް ދެއްވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކޮމެޓީން ކަނޑައެޅުމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމެވެސް އެ ނިންމުމާ ދެކޮޅު ހެއްދެވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ކޮމެޓީގެ މުގައްރިރަކަށް އިންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ވޯޓްގައި ބައިވެރިއެއް ނުވެވެ އެވެ.
ހުޅުމާލޭ ކޯޓް އުފެއްދުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ކޮމެޓީ އަށް ފޮނުވި ލިޔެކިޔުންތަކަށް ރިޔާއަތް ކުރުމަށް ފަހު، އެ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކަނޑައެޅީ މިއަދު ބޭއްވި ކޮމެޓީ އަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީ އަށް ހާޒިރުވި ޕީޕީއެމާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވޯޓް ދެއްވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކޮމެޓީން ކަނޑައެޅުމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމެވެސް އެ ނިންމުމާ ދެކޮޅު ހެއްދެވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ކޮމެޓީގެ މުގައްރިރަކަށް އިންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ވޯޓްގައި ބައިވެރިއެއް ނުވެވެ އެވެ.
ކޮމެޓީގެ ނިންމުމާ ދެކޮޅު ހެއްދެވި ސަބަބެއް ކަމަށް ރިޔާޒް ވިދާޅުވީ ހުޅުމާލޭ ކޯޓްގެ ސައްހަކަމާމެދު "މިދަނޑިވަޅުގައި" ކޮމެޓީން ގޮތެއް ނިންމުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ (ނ) ހިލާފު ނިންމުމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސުޕްރީމް ކޯޓްގައި ހުޅުމާލޭ ކޯޓްގެ މައްސަލަ އޮއްވައި އެފަދަ ނިންމުމެއް ކޮމެޓީއަކުން ނުނިންމޭނެ ކަމަށެވެ.
"ކޮމެޓީގެ މުގައްރިރު ނަޝީދު މަސައްކަތްޕުޅު ކުރައްވާ ގޮތާ މެދު މިއަދު ސުވާލު އެބައުފެދޭ. އަޅުގަނޑުމެން ބަލަންޖެހޭނެ ސުޕްރީމް ކޯޓުން ހުޅުމާލޭ ކޯޓްގެ މައްސަލަ ބަލަމުންދަނިކޮށް އެފަދަ ނިންމުމެއް ނިންމުމަކީ ކޮމެޓީ އަށް ލިބޭ ބާރު ނަހަމަގޮތުގައި ބޭނުން ކުރުން. މިކަމަކީ ޝަރީއަތުގައި އޮތް ކަމަކަށް ކޮމެޓީން އެފަދަ ނިންމުމެއް ނިންމުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ފޫރުވި ނުފޫޒެއް،" ރިޔާޒް ވިދުވި އެވެ.
ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިޔެންތައް ދިރާސާ ކުރެއްވުމަށް ފަހު، ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކަނޑައެޅި ހަ ނުކުތާއެއް ކޮމެޓީން ފާސްކުރި ނިންމުމުގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން ފުރަތަ ނުކުތާގައި ބުނަނީ ހުޅުމާލެ އާއި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަށް ކޮމިޝަންގައި ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް ހުޅުމާލޭގައި ކޯޓެއް އުފެއްދުމަށް ނިންމުމުގެ ބާރެއް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށެވެ. އެކަމުގެ ހުއްޖަތެއްގެ ގޮތުގައި ޖޭއެސްސީގެ ގާނޫނުގެ 159، ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އަށް ރިޔާއަތްކޮށް ހުޅުމާލޭ ކޯޓް އުފެއްދުމުގެ ބާރު ޖޭއެސްސީ އަށް ލިބިދީފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ހުޅުމާލޭ ކޯޓް ހިންގަމުން ދަނިކޮށް، ކޯޓްތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އޮކްޓޫބަރު 21، 2010ގައި އެ ކޯޓްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެ ކޯޓްގެ މަސައްކަތް ހުއްޓާލީ ކޯޓްތަކުގެ ގާނޫނުގައި މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭ ގޮތުން ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވުމުން ކަމުގައި ކޮމެޓީގެ ނިންމުގައިވެ އެވެ.
ނަމަވެސް ފަސް މަސް ފާއިތުވި ފަހުން، ޖޭއެސްސީ ނިންމައިގެން ހުޅުމާލޭ މަސައްކަތް ފަށާފައިވާކަން ކޮމެޓީ އަށް ލިބިފައި ހުރި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭ ގޮތުނާއި އަދި އެހެން ގޮތަކުން ވެސް ކޯޓްތަކުގެ ގާނޫނަށް އެއްވެސް ބަދަލެއް އައިސްފައި ނުވަނީސް، އެކޯޓު އަލުން ހިންގަން ފެށޭނެ ގާނޫނީ ސަބަބެއް މެދުވެރިވެފައިނުވާ ކަމަށް ކޮމެޓީން ފާހަގަ ކުރި ނުކުތާތަކުގައިވެ އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަށް ކޯޓްތަކުގެ ގާނޫނުގައި ދަށުން އުސޫލެއް ކަނޑައަޅާއިފައިވީ ނަމަވެސް، ހުޅުމާލެއަކީ، މީހުން ދިރިއުޅޭ ވަކި ރަށެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ ޖަދަވަލު 2ގައި މާލެ މާނަކޮށްފައި ވަނީ، ހުޅުމާލެއަކީ ވެސް ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފެއްދުމަށް ކޯޓްތަކުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައި އޮތަސް، ގާނޫނު އަސާސީގައި ހުޅުމާލެއަކީ މާލޭގެ ބައެއްގެ ގޮތުގައި ހިމަނައިފައިވާ ކަމަށެވެ.
ކޯޓްތަކުގެ އިހްތިސާސް ކަނޑައެޅުމާއި ކޯޓްތައް ހިންގުމުގެ ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާ އިރު، ސުޕްރީމް ކޯޓާއި ހައި ކޯޓާއި ޑްރަގް ކޯޓު ފިޔަވައި ދިވެހިރާއްޖޭގައި ހުންނާނެ އެހެން ކޯޓުތަކާއި އެ ކޯޓުތައް ކަނޑައެޅާފައިވާ ހަމަތައް ބަޔާންކޮށްދީފައި ވަނީ ކޯޓުތަކުގެ ގާނޫނުގައި ކަމަށްވާ އިރު، މަޖިލީހުން ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް އެއްވެސް ފަރާތަކަށް ކޯޓެއް ހަދައި ހިންގިދާނެ ކަމަށް ނުފެންނަ ކަމަށް ކޮމެޓީން ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ ނިންމުމަކީ ކޯޓްތަކުގެ ގާނޫނާ ނިހާޔަތާ ހިލާފު ކަމެއް ކަމަށެވެ.
"ދެންނެވިދިޔަ ކަންކަން އެހެން ހުރުމުން ހުޅުމާލޭގައި ހިންގަމުން އަންނަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ ދަށުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާއިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދާއިރާގެ ތެރޭގައި އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާ އާއި 63 ވަނަ މާއްދާގެ ދާއިރާގެ ތެރޭގައި ހަދައި ހިންގުމަށް އަންނަ ކޯޓެއް ކަމުގައި ބަލައިގަނެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީން ކަނޑައަޅަމެވެ،" ކޮމެޓީން ނިންމުމުގައިވެ އެވެ.