27 Nov 2012, 15:38
ޒަހަމްތަކާ އެކު މަރާލާފައިއޮއްވައި ފެނުނު ބަނގުލަދޭސްގެ ފިރިހެން މީހާ މޯޗަރީއަށް ލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ޗާންދަނީމަގު24"ގޭ ހަ ވަނަ ފުލޯގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި އިއްޔެ ފެނުނު އުމުރުން 25 އަހަރުގެ ބަނގުލަދޭސްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މޯޗަރީއަށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައާ ބެހޭ އިތުރު މައުލުމާތެއް ފުލުހުން ނުދޭ އިރު މީޑިއާ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މަރާލާފައިވާ މީހާގެ ހަށިގަނޑު މޯޗަރީއަށްލާފައިވާ އިރު އޭނާ މަރާލާފައިވާކަން އެނގިފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އޭނައާ ބެހޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ނުދޭ އިރު ބުނެފައި ވަނީ އޭނާ މަރާލާފައި ވަނީ ތޫނު އެއްޗަކުން ގެއްލުންދީފަިއވާ ކަމަށާއި އޭނަ މަރާލާފައިއޮންވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ކަމަށެވެ.